ކޮނޑަށް ދިމާވި އަނިޔާއިން ރިކަވާ ނުވެވި، ޑެންމާކު އަދި ސެލްޓިކްގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް ފުޓުބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޕީޓާ ޝޫމައިކަލްގެ ތަރި ކެސްޕާ، އުމުރުން 39 އަހަރުގައި ރިޓަޔާކުރަން ނިންމާފައި ވަނީ މިއަހަރު ފެބްރުއަރީ މަހުން މަހުން ފެށިގެން އެޓީމަށް ނުކުޅެ ހުރުމަށްފަހުއެވެ. ފެބްރުއަރީ މަހު ލިބުނު އަނިޔާގެ ސަބަބުން ރިކަވަރީ ނުހެދި، ކެސްޕާ ރިޓަޔާވީ އޮޕަރޭޝަން ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

ކެސްޕާއަށް ފުރަތަމަ އަނިޔާވެފައި ވަނީ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް މާޗު މަހު ކުޅުނު މެޗުގައެވެ. އެމެޗުގައި އަނިޔާވި ނަމަވެސް ކެސްޕާ ވަނީ މެޗު ނިންމައިފައެވެ. އެއީ އިތުރު ބަދަލެއް ކުރެވެން ނެތުމުންނެވެ. ޑެންމާކު އެމެޗުން ބަލިވެ ކެޓީއެވެ.

އެއަށްފަހު ކުޅުނު ނަމަވެސް އަނެއްކާވެސް 11 މަސް ފަހުން މިއަހަރު އަނެއްކާވެސް އަނިޔާ ބޮޑުވަރުވިއެވެ. ކެސްޕާ ބުނީ އަހަރެއް ދުވަހު ރިކަވަރީއަށް ކުރި މަސައްކަތްވެސް ފުރިހަމައަށް ކަމިޔާބުވެފައި ނުވާ ކަމަށާއި، ކެރިއަރު ނިންމާލަން ނިންމީ އިތުރަށް އެއްވެސް ގޮތަކަށް ކުޅެވޭނެ ގޮތެއް ނެތުމުން ކަމަށެވެ.

ކެސްޕާ ބުނީ އެކި ގައުމުތަކުގެ ތަޖުރިބާކާރުންނާ ވާހަކަ ދައްކާފައިވާ ނަމަވެސް، އެންމެ މަތީ ފަންތީގެ ފުޓުބޯޅައަށް އެނބުރި އާދެވެން ދެން ނެތް ކަމަށެވެ.

ކެސްޕާ ވަނީ ލެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕާއި ސްކޮޓިޝް ޗެމްޕިއަންކަމާއި ކަޕްވެސް ކާމިޔާބު ކޮށްފައެވެ.