ސްރީ ލަންކާގައި އޮންނަ 18 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްއަށް ރާއްޖޭގެ ޒުވާން އަންހެން އަދި ފިރިހެން ބާސްކެޓް ޓީމުތަކުން ތައްޔާރުވެއްޖެއެވެ.
ސާބާގެ ކޮލިފައިން މެޗުތައް ލަންކާގައި ފަށާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަންހެން ޑިވިޝަނުގައި ރާއްޖެއާއި ސްރީ ލަންކާގެ އިތުރުން އިންޑިއާ އަދި ބަންގްލަދޭޝް ވާދަކުރާ އިރު، ފިރިހެން ޑިވިޝަނުގައި ވާދަކުރާނީ ރާއްޖެ، ސްރީ ލަންކާ އަދި އިންޑިއާއެވެ.
އަންހެން ޓީމުން ފުރަތަމަ މެޗުގައި 25 ވަނަ ދުވަހު މެންދުރު އިންޑިއާއާ ދެކޮޅަށް ނުކުންނަ އިރު، ދެން އޭގެ އަނެއް ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އެއަށްފަހު 27 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކުރާ އިރު، 29 ވަނަ ދުވަހު ދެމެޗު އޮންނާނެއެވެ. އެއީ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗެވެ.
ފިރިހެން ޓީމުން ފުރަތަމަ 25 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނަ އިރު، އިންޑިއާއާ ދެކޮޅަށް ނުކުންނާނީ 27 ވަނަ ދުވަހުއެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލް އޮންނާނީ 29 ވަނަ ދުވަހުއެވެ.
އަންހެން ޓީމުގައި ހިމެނެނީ ކަލްސަމް ކައިނާ ނިމާލް، ސާރާ ޒާޝާ ޒަކަރިއްޔާ، މަރިޔަމް ލިޒީ، މަރިޔަމް މަލަކް މުހައްމަދު ޝިފާން، އައިޝަތު އީލިއާ ބިންތު މުހައްމަދު، ލައިރާ އަހުމަދު ފިރާޝް، މަރިޔަމް ކައިލީން ޝިރްހާން، ސޯފިއާ އަބްދުﷲ އިބްރާހީމް، އައިޝަތު އަލްމާ، ޒަހާރާ ލައިލީ ޝިހާމް، ހަނާން މުހައްމަދު ހިލްމީ އަދި ޒީޝާ މުޖުތަބާ އަހުމަދު ހަމީދެވެ.
ފިރިހެން ޓީމުގައި ހިމެނެނީ އާކިފް މުހައްމަދު ނަޝީދު، ޒަކްވާނ އަހުމަދު ނަޝީދު، ޒުއިޒް ޒިލާލް، ލަޔާލް އަހުމަދު ޖަމީލް، ރަފޭލް އަބްދުލް އަލީމް، ޔޫސުފް ކައިލް މުހައްމަދު ސިފާން، އައިކް އަހުމަދު މައުރޫފް، މުހައްމަދު ލާއިގް އަމަން، އައިދިން ޔޫނުސް ހަސަން، އިޔާލް އަބްދުﷲ ނަޝީދު އަދި ލޫކް މުހައްމަދު އަރީޝްއެވެ.
އަންހެން ޓީމުގެ ކެޕްޓަނަކީ ކައިލީންއެވެ. ފިރިހެން ޓީމުގެ ކެޕްޓަނަކީ އައިކް މައުރޫފެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)