ވިޔަފާރީގެ ގިނަ ހުރަސްތައް ނައްތާލާ އެއްބަސްވުމެއް ކަމަށްވާ ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނަޝިޕް (ސީޕާ) އެއްބަސްވުން ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ގާއިމްކުރުގެ މަސައްކަތް ކުރަމުންދާ ކަމަށް ޗީފް ގަވަރުމަންޓް ސްޕޯކްސް ޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގެ "ރާއްޖެ މިއަދު"ގައި މުންދު ރޭ ވިދާޅުވީ، ޔޫއޭއީއާ އެކު ސީޕާ އެގްރިމެންޓެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ކުރިޔަށްގެންދާ ކަމަށެވެ.
އެ މަޝްވަރާގެ ކަންކަން މިހާރު ކުރިޔަށްދަނީ އެޑްވާންސްޑް ސްޓޭޖުގައި ކަމަށާއި އެ މަޝްވަރާތައް ކުރުމަށް ނިންމާފައިވަނީ ޔޫއޭއީގެ ފޮރިން ޓްރޭޑް މިނިސްޓްރީ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދުގައި ކަމަށް މުންދު ވިދާޅުވިއެވެ.
"އިގިރޭސި ވިލާތަށް ކުރަނީ 24 25 މިލިޔަން ޑޮލަރުގެ އެކްސްޕޯޓް 95 ޕަސެންޓަކީ މަސް. އެ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. ކުރިޔަށް އޮތް 2 އަހަރުތެރޭގައި ދެ ގުނަ 3 ގުނަ އިތުރު ވުމުގެ ފުރުސަތު އެބައޮތް."
މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލިބިފައި ހުރި ކުރިއެރުންތަކަށް ބަލާއިރު ބޮޑު އެފްޑީއޭގެ މިިންގަނޑު ތެރެއަށް ވަންނަން 95 ޕަސެންޓަކީ މަހުގެ އެކި ބާވަތްތައް ކަމަށެވެ. އެ މަސައްްކަތަކީ ވެސް ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތުގެ ތެރެއަށް ލިބުނު ކުރިއެރުމެއް ކަމަށް މުންދު ފާހަގަ ކުރެއްވިއެވެ.
"މި ސަރުކާރުގައި ކުރިން މަސައްކަތް ކުރި ޔޫއޭއީގެ ސަފީރެއްގެ ހައްސިޔަތުގައި ހުންނެވި އިރު، އެޑްވާންސް ސްޓޭޖުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން ޓްރޭޑާ ދެމެދު ކޮންޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓް "ސީޕާ" އެއްގެ ޕާޓްނާޝިޕް އެގްރީމަންޓް. ފްރީ ޓްރޭޑް އެގްރީމަންޓް. އެއީ ޔޫއޭއީގައި އޮންނަ އެންމެ ވަރުގަދަ އެކްސެސް އެއްބަސްވުން. އެ އެއްބަސްވުމުގައި މި ހިމަނަނީ މަހުގެ ބާވަތްތައް. އޭރުން ޔޫއޭއީގެ މަހުގެ މާކެޓުތައް ލިބޭ." މުންދު ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ކުރީގައި ރަޝިޔަން ބްލޮކްގައި ހުންނަ ގައުމުތައް ކަހަލަ ބޮޑެތި މާކެޓުތަކުން ވެސް މަސްވެރިކަމުގެ ތެރޭގައި އުޅޭ ފަރާތްތަކަށް މަގުފަހިކުރަމުން ގެންދާ ކަމަށްވެސް ޗީފް ގަވަރުމަންޓް ސްޕޯކްސް މުންދު ވިދާޅުވިއެވެ.
ރަޝިޔަން ބްލޮކްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގައުމަކީ ރަޝިއާ (ރަޝިއާ އެސްއެފްއެސްއާރު)، އަރުމީނިއާ، އަޒަރުބައިޖާން، ބެލަރޫސް، އެސްޓޯނިއާ، ޖޯޖިއާ، ކަޒަކިސްތާން، ކިރްގިސްތާން، ލެޓްވިއާ، ލިތުއޭނިއާ، މޮލްޑޯވާ، ތަޖިކިސްތާން، ތުރުކްމެނިސްތާން، ޔޫކްރެއިން އަދި އުޒްބެކިސްތާންއެވެ.
ފާތިމަތު ލިއުޝާ
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)