ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.
ބީއެމްއެލުން ބުނީ މި ޕާޓްނާޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ ކަމަށެވެ. އަދި ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގުސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ބީއެމްއެލުން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނާޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުއެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައިވެއެވެ.
ބީއެމްއެލުން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާ އެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން ކަމަށް އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން ބޭންކުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލާޝިޕް" ޕްރޮގްރާމެއް ވެސް ހިންގައެވެ. މި ސްކޮލާޝިޕް އެންމެ ފަހުން ލިބިފައިވަނީ ސާފިން ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލާޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަ ކުރާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް