ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖޭއެސްސީގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ ޔަޒްމީދު އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ޔަޒްމީދަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރެވެ. ޔަޒްމީދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ފެބުރުއަރީ 23، 2024 ގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރެއްވުމަށްފަހުއެވެ.
ޔަޒްމީދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ ރެކޯޑިންއެއް ސޯޝަލް މީޑިއާގައިވަނީ މީގެ ކުރިން ދައުރުވެފައެވެ.
އެ އޯޑިއޯގައި، ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ބާރުއަޅާ ވާހަކަ ދައްކާ އަޑު އިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބައެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ހަމައަށް ނުގޮސް ހުއްޓުވިދާނެ ކަމަށް ބުނާ ވާހަކަތަކެއްވެސް އެ އޯޑިއޯގައި ހިމެނެއެވެ.
މުހައްމަދު އިޝާން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން