ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވުމުގެ ފަހަތުގައި އޮތް އަސްލު ނިޔަތަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިދިކޮޅުން ވާދަކުރައްވާނެ ކެންޑިޑޭޓުގެ ޓިކެޓު ހޯއްދެވުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، ކުރީގެ ތިން ރައީސުންގެ އިތުރުން މިދިޔަ ދެ އަހަރެއްހާ ދުވަހު ސިޔާސީ މައިދާނުން ނުފެނި ތިިބި އެތައް ބޭފުޅަކު ނުކުމެ އުޅެނީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެ ބޭފުޅުން އެ އުޅުއްވަނީ 2028 ގައި އަޅުގަނޑުމެންގެ ރައީސް އިރާދަކުރެއްވިއްޔާ ދެވަނަ ދައުރަކަށް އެދިވަޑައިގެން ރައްޔިތުންނާ ހަމައަށް ނުކުމެވަޑައިގަންނަވާ އިރު، އެމަނިކުފާނާ ވާދަކުރައްވާނެ ޓިކެޓުތައް ހޯދުމުގެ ނިޔަތުގައި އުޅޭ އުޅުމެއް،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މިހާރުވެސް އުޅެނީ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމުގެ ތެރޭގައި ކަމަށެވެ.
އޮންލައިން ނޫހަކުން ގެނެސްދިން "ޑޮއިމަންޓަރީ"އެއްގެ މައްސަލައިގައި ކޯޓުގެ ހުރުމަތް ކެނޑުމުން ދެ ނޫސްވެރިޔަކު ޖަލަށްލުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ މިއީ ތިން ރައީސުން އެކުގައި ނުކުމެ ގައުމު ސަލާމަތްކުރަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ.
އެކަމަށް ކުރީގެ ރައީސް ޔާމީނާއި ނަޝީދު ވަނީ އިޖާބަދީފައެވެ.
އަލީ ޔާމިން
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)