އެމެރިކާގެ ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ)ގެ މެމްފިސް ގްރިޒްލީސްގެ ފޯވަޑް، ބްރެންޑަން ކްލާކް މަރުވެއްޖެއެވެ.
ކެނެޑާއަށް އުފަން އެމެރިކާގެ ރައްޔިތުކަންވެސް އޮންނަ ކްލާކް މަރުވެފައި ވަނީ އުމުރުން އެންމެ 29 އަހަރުގައެވެ. އޭނާއަކީ 2019 ވަނަ އަހަރުގެ ޑްރާފްގައި އެންމެ ފުރަތަމަ ބުރުގައި ގްރިޒްލީސްއަށް ގަތް ކުޅުންތެރިއެކެވެ. މިހާތަނަށް މިސީޒަނުގައި ކްލާކް ކުޅެފައި ވަނީ އެންމެ ދެމެޗެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ގްރިޒްލީސްއިން ބުނީ އެ ކްލަބުގެ ހުރިހާ ކުޅުންތެރިންނާއި މެނޭޖުމަންޓްގެ އިތުރުން އޮފިޝަލުންނަށް ކްލާކް މަރުވި ހަބަރުވީ ހިތާމަވެރި ހަބަރަކަށް ކަމަށެވެ. އަދި މިވަގުތު އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. ކްލާކް މަރުވި ސަބަބު ކްލަބުން ހާމަކޮށްފައެއް ނުވެއެެވެ.
ކްލާކް ވަނީ މިހާތަނަށް އެންބީއޭގައި 309 މެޗު ކުޅެފައެވެ. އޭގެ ތެރޭގައި 50 މެޗު އޭނާ ފަށާފައިވެސް ވެއެވެ. އޭނާގެ ޕޮއިންޓް އެވަރެޖަކީ 10.2 ޕޮއިންޓް ޕާ ގޭމްއެވެ.
ކްލާކްގެ ފަރާތުން މިދިޔަ މަހުގެ ތެރޭގައި ނުރަނގަޅު ބައެއް ކަންކަން ފާހަގަވެފައިވެއެވެ. އެގޮތުން މިދިޔަ މަސް ތެރޭގައި އަރްކަންސާސްއިން އޭނާ ހަތްޔަރު ކޮށްފައިވެއެވެ. އެއީ މާ ބާރަށް ކާރު ދުއްވުމުގެ އިތުރުން ކޮންޓްރޯލް ޑަރަގެއް ގެންގުޅޭކަމުގެ ތުހުމަތާވެސް އެކުގައެވެ.
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ