އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މުހިންމު އެއް ބޭސް ކަމަށްވާ "މިތައިލްފެނިޑޭޓް" ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގަރާރެއް ނެރުއްވައިފިއެވެ.
ރައީސްގެ ގަރާރާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ މަނާކުރެވިފައިވާ ތަކެތީގެ ލިސްޓުން މި ބޭސް މިހާރު ވަނީ އުނިކޮށްފައެވެ.
މިއާއެކު، މިތައިލްފެނިޑޭޓަކީ ބޭސްފަރުވާއަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅައިފައެވެ.
ރައީސް އެ ބަދަލު ގެނައުމަށް ނިންމެވީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ލަފަޔާއެކު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
އަދި މިކަމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން، މިދިޔަ މޭ މަހުގެ 11 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއިން ވަނީ ދީފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު