ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބައެއް ސަރަހައްދުތަކަށާއި އުމްރާނީ ބިނާތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުުނު ބަޔާނުގައި ބުނީ މި ހަމަލާތަކަކީ ޔޫއޭއީގެ އިސްތިގުލާލަށް އަރައިގަނެ، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ.

އެ މެސެޖުގައި ޔޫއޭއީގެ އިސްތިގުލާލާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަމުންދާ އަދި އަޅަންޖެހޭ ފިޔަވަޅުތަކަށް އަބަދުވެސް ތާއީދު ކުރާނެކަމުގެ ޔަގީންކަން ރާއްޖޭން ދީފައިވެއެވެ.

އަދި މި ސަރަޙައްދުގެ ހަމަނުޖެހުން އިތުރަށް ގޯސްވިޔަ ނުދިނުމަށާއި ސަރަހައްދުގެ ހަމަނުޖެހުން ދެމެހެއްޓުމަށް މަޝްވަރާ ކުރުމަށް ރާއްޖެއިން ގޮވާލައި ކަމަށްވެސް ބަޔާނުގައި ވެއެވެ.