ރާއްޖެ ތަރައްގީކޮށް، ގައުމުގެ ހާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތުގައި އަވަށްޓެރި ގައުމުތަކުންނާއި ބައިނަލް އަގުވާމީ ބައިވެރިންގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސްރީ ލަންކާގައި މިއަދު ބޭއްވި "މޯލްޑިވްސް-ސްރީ ލަންކާ ބިޒްނަސް ފޯރަމް" ގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިިގްތިސޯދު ހުޅުވާލާފައިވަނީ ހަމައެކަނި ވިޔަފާރިތަކަށް ނޫން ކަމަށެވެ، ރާއްޖެއިން ބޭނުންވަނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހޯދާ ކުރިއެރުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު މި ދައުވަތު ދެނީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައި އަޅުގަނޑުމެންނާ އެކު މަސަައްކަތްކުރަން، ދެމެހެއްޓެނިވި ޓޫރިޒަމް މަޝްރޫއުތަކުގައި އަޅުގަނޑުމެންނާ ބައިވެރިވާން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ލަންކާއަކީ މުހިންމު ބައިވެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ލަންކާގެ ވިޔަފާރިވެރިން މުހިންމު ދައުރެއް އަދާކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު