ސްރީލަންކާއާއެކު ހަތް ދާއިރާއަކުން ސޮއިކުރި އެމްއޯޔޫތަކުގެ ހަގީގީ ފައިދާ ރާއްޖެއަށް ލިބޭނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ލަންކާ ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކައާއެކު އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި އެގޮތުން، ދޭދޭ ގައުމުގެ ކަންކަމާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންކަމުގައި މަޝްވަރާ ބަދަލުކުރެއްވި ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއާއި ލަންކާއާއެކު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ހަގީގީ މަންފާ ރާއްޖެއަށް ލިބޭނެ ކަމަށާއި އަމާޒަކީ އެ އެއްބަސްވުންތައް ހަގީގަތަކަށް ހައްދަވައިދެއްވުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި ތަރައްގީގައި ލަންކާގެ ދައުރު ބޮޑު ކަމަށާއި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލަކަށް ހައްދަވާނެ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގެ ނަމުގައި ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެ ފޯރަމް ވެގެންދާނީ ދެ ގައުމުގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި އުފެއްދުންތެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރުމުގެ ފުރުސަތު ލިބި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ފޯރަމަކަށް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު