ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ މްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރި އެމްއޯޔޫތައް:
- ފަތުރުވެރިކަމުގެ ދާއިރާ
- އާކައިިވިން ކޯޕަރޭޝަން
- ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީން ކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް
- ކުޅިވަރާއި ޒުވާނުންގެ ދާއިރާ
- ދިފާއީ ދާއިރާ- ޑިފެންސް އެޑިއުކޭޝަން، ޓެރެއިނިން އެންޑް ރީސާޗް ކޯޕަރޭޝަން
- އެކަޑަމިކް ކޯޕަރޭޝަން
ރައީސް ލަންކާއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގެ ތެރެއިންއަދި އެ ގައުމުގައި ބިޒްނަސް ފޯރަމެއް ބާއްވައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ އެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު