ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން އުފައްދާފައިވާ "އައިޝާ" ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" އިން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.
އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި އީޝާ އަޝްރަފް ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފައެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާގައި ވަނީ މިއަދުން ފެށިގެން ޖުލައި 26ގެ ނިޔަލަށެވެ.
އީޝާގެ އިތުރުން "އަދަދު" ނޫހުގެ އެޑިޓަރު، ހަސަންގެ ޕާސްޕޯޓުވެސް މިއަދު ވަނީ ހިފަހައްޓައިފައެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ އަދަދުގެ ސީއީއޯ ފިޔާޒް މޫސާގެ ފާސްޕޯޓްވެސް ހިފަހައްޓައިފައެވެ.
ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް ބައެއް އިލެކްޓްރޯނިކް ސާމާނު އެވިޑެންސްގެ ގޮތުގައި ގެންގޮސްފައެވެ.
އެ ނޫހުން ބުނި ގޮތުގައި، ފުލުހުން އޮފީހަށް ވަދެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެއީ ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް