ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ ލަޝްކަރަކީ ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެއްޖެގައެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ 134 އަހަރުގެ ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި މުޖާހިދުންނާއި ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ.

ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ގާބިލް ލަޝްކަރަކީ ދިވެހި ސިފައިން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ގައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ހިދުމަތަށް ޝުކުރު ދަންނަވައިފައެވެ. އަދި ސިފައިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި އާއިލާތަކަށް ފޮނުއްވައިފައެވެ.

ރަސްމީގޮތެއްގައި ދިވެހި ސިފައިންގެ ހިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ދުވަހުއެވެ.