އަންނަ އަހަރުގެ ނޮވެމްބަރުގައި ތިލަފުށީ ވިޔަފާރި ބަނދަރު ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށްދަނީ އިންޓަނޭޝަނަލް ކީވޯލެއް ހެދުމުގެ މަސައްކަތް ކަމަށެވެ.
"ތިން ފޭސް އެއްގެ ތެރެއިން ކުރިއަށް ގެންގޮސް އަންނަ އަހަރުގެ ނޮވެމްބަރު 11 އަކީ އިރާދަ ކުރެއްވިއްޔާ މާލޭގައި އޮތް ވިޔަފާރި ބަނދަރު، ތިލަފުށީގައި ހުޅުވޭ ދުވަސް،" ރައީސް ވިދާޅުވިއެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ.
ތިލަފުށީގައި ތަރައްގީ ކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީއެޗްއީސީއާ ވަނީ ހަވާލުކޮށްފައެވެ. އަދި އެކުންފުނި އެ މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށްފަހު، އެމްޕީއެލާ އެކު އެއްބަސްވެވޭ އަގެއްގެ މައްޗަށް، އެ ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު