މިހާރު ކުރިއަށްދަނީ ސަރުކާރު ކުޑަކުރުމުގެ މަސައްކަތް ކަމަށާއި ވީ އެންމެ ކުޑައެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ވީހާވެސް ކުޑަ ސަރުކާރެއް ހިންގުމަށް ކަމަށާއި ގުޑް ގަވާނެންސްގެ ހުރިހާ ސިފައެއް ހުރުމަށް ކަމަށެވެ. އަދި ވަރަށް ހަމަހަމަކޮށް ދެފުށް ފެންނަ ގޮތުގައި ވަޒީފާއަށް މީހުން ނެގުން ކަމަށެވެ.
މިހާރު މިނިސްޓްރީތައް މިވަނީ ފަސް މިނިސްޓްރީ މަދުކޮށް 15 އަށް ކުޑަކުރެވިފައި. ހަމައެކަނި ނަންބަރު އޮފް މިނިސްޓްރީސް މަދުކުރިޔަސް ސަރުކާރު ކުޑައެއް ނުވާނެ. އެހެންކަމުން ސަރުކާރު ކުޑަކުރުމުގެ މަސައްކަތްތަކެއް މިހާރު މި ކުރެވެނީ. ކުރާ އިރުގައި އައްޔަނުކޮށްފައި ތިބި މުވައްޒަފުންގެ ތެރެއިން ޕާފޯމެންސް ބޭސްކޮށް ބަލާފައި ވީހާވެސް ގިނަ ފަރާތްތަކެއް ރިލީޒް ކޮށްލުމުގެ މަސައްކަތްތަކެއް ކުރެވެމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ފަރާތަކަށް ކެމްޕޭނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތަކުން ވަޒީފާ ދިނުން މިގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށާއި އެގޮތަށް އަމަލު ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް މީހުން ނަގާނީ އިއުލާނު ކޮށްގެން، ސީވީއަށް ބަލައިގެން މެރިޓް ބޭސްކޮށް ކަމަށެވެ. ނުގަވާއިދުން ނުވަތަ ގަވާއިދާ ހިލާފަށް ވަޒީފާ ދީފައިވާ ފަރާތްތައް ވަކި ކުރަން އަންގާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު