މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށައިފި އެވެ.
މި ބުރުގެ ވޯޓުލުން މިއަދު ހެނދުނު އަށެއް ޖެހިއިރު ފަށައި ހަވީރު ހަތަރެއް ޖެހިއިރު ވަނީ ނިންމާލާފަ އެވެ. މި ބުރުގައި ފަސް ގޮނޑިއެއްގެ މެދުގައި ވޯޓު ވަނީ ނަގާފަ އެވެ، އެއީ ކައުންސިލް ދެ ގޮނޑި އާއި ޑަބްލިއުޑީސީގެ ތިން ގޮނޑިއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި އިންތިހާބު ކުރާންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައި ވާތީ ގަވާއިދުގައިވާ ގޮތުގެ މަތީން އިންތިހާބުގެ ދެވަނަ ބުރުގައި މިއަދު ވޯޓުލާފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރުގެ ވޯޓުލާފައިވަނީ ހއ. ކެލާ ޑަބްލިއުޑީސީގެ ރައީސްގެ މަގާމާއި ހދ. ނޭކުރެންދޫ އާއި ލ. މާވަށު ޑަބްލިއުޑީސީ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.
އާއިޝަތު މާހާ
އޭއައި
ބޯހިޔާވަހިކަން
އައިފޯން
ރައްޔިތުންގެ މަޖިލިސް