ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރިއުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން، އެ ފަތުރުވެރިޔާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.
ފުލުހުން މިރޭ ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވަނީ ސްޕެއިނަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިޔަކަށް ކަމަށް ފުލުހުން ބުންޏެވެ.
"މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލާފައި،" ފުލުހުން ބުންޏެވެ.
އެ ފަތުރުވެރިޔާއަށް ފަރުވާ ދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ފުލުހުން ބުންޏެވެ. އެއަށްފަހު އިތުރު ފަރުވާއަށް މާލެއަށް ގެނައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ. އަދި ފަތުރުވެރިޔާއަށް ފުރިހަމަކޮށްދޭންޖެހޭ އިޖުރާއީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް