މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށްޓަކައި، ގޯތިދޭން މިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ސްކީމްގެ ދަށުން ގިރާވަރި ފަޅުން ދީފައިވާ ގޯތިތައް އަންނަ މަހުގެ ނިޔަލަށް ހިއްކައި ނިމުމުން ހަވާލު ކުރަމުންދާނެ ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފަޅުތަކުން ދީފައިވާ ގޯތިތައް ބިން ހިއްކޭ ވަރަކުން ހަވާލު ކުރަމުން އަންނަ ކަމަށާއި އެ ގޯތިތައް ރަޖިސްްޓްރީ ކުރެވޭނީ ބިން ހިއްކައި ނިމުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގިރާވަރު ފަޅުގެ ލޭންޑްޔޫސް ޕްލޭން ހަދައި އާއްމުކޮށް، ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތު ނަގައި ނިމިފައިވާ ކަމަށެވެ.
ނަމަވެސް އެ ގޯތިތައް ރަޖިސްޓްރީކޮށް ނުދީ އޮތީ ބިން ހިއްކައި ނުނިމޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގިރާވަރުފަޅުން ގޯތި ދިނުމަށްޓަކައި ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކަންޖެހޭ ކަމަށެވެ. މިދިޔަ ސަރުކާރުން ޑިސެމްބަރު 2023 ގެ ނިޔަލަށް ހިއްކާފައި އޮތީ 54 ހެކްޓާރު ކަމަށާއި މަސައްކަތް ހުއްޓިފައި އޮއްވައި މޯލްޑިވްސް އެއާޕޯތް ކޮމްޕެނީއާ ހަވާލު ކޮށްގެން މި ސަރުކާރުން މަސައްކަތް ކުރިއަށް ގެންގޮސް މިމަހު ނުވަވަނަ ދުވަހުގެ ނިޔަލަށް 44 ހެކްޓަރު ހިއްކުމުން ޖުމްލަ 98 ހެކްތަރުގެ ބިލް ގިރާވަރުފަޅުން ހިއްކިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް ގިރާވަރު ފަޅުގެ ބިން ހިއްނާ ނިމޭނެ ކަމަށެވެ. އެހިސާބުން ގޯތި ލިބުނު ފަރާތްތަކަށް އެތަނުގެ ބިމުގެ ރަޖިސްޓްރީ ހަދައިދީ ގޯތި ހަވާލު ކުރަމުން ގެންދާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
އިރާން
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ވައްކަމާއި ފޭރުން