ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެނީ ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި މަހު ހަތަރުވަނަ ދުވަހު ބޭއްވިި އިންތިހާބުގައި އިދިކޮޅު ކައުންސިލަރުން އިންތިހާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ، މެންބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިހާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި ހުރިހާ ރަށެއްގައި ވެސް ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.
މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އަޑު ފެތުރި ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި މިހާރު ވެސް އެ ރަށުގައި މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް، ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،"
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު