މަދިރި ކޮންޓްރޯލް ކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން ހުޅުމާލެ ފޮގް ކުރުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމަޔަށް ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރުމުގެ މަސަައްކަތް އެޗްޑީސީއިން ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުރަމުންދާނެ ކަމަށެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް، ފަތިހު 4:00 އިން 6:00 އަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފޮގް ކުރުމުގެ ހަރަކާތް ކުރިޔަށްގެންދާނެ ކަމަށެވެ.

އިޑީޒް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްކަމަށްވާ ޑެންގޫ ޖެހިގެން ރިޕޯޓުކުރާ ކޭސްތައް އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ ބުނެފައެވެ. އެގޮތުން ފާއިތުވި މާޗްމަހު އެކަނިވެސް 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.