ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ އަންނަ މަހު ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ މިރޯ އޮންލައިން"ގައިވާ ގޮތުގައި ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޝްވަރާތައް ކުރެއްވާނެއެވެ.
ޑެއިލީ މިރޯގައިވާ ގޮތުން މަޝްވެރިކަމަށް އާ އިންވެސްޓްމަންޓުތައް ގެނައުމަށް ލަންކާގެ ފިޝަރީޒް މިނިސްޓަރާއި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ވަނީ ބައްދަލުވެސް ކުރައްވައިފައެވެ.
ލަންކާގެ ފިޝަރީޒް މިނިސްޓްރީއާ ހަވާލާދީ، ޑެއިލީ މިރޯއިން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތައް، ސްރީލަންކާގެ ދަޅުމަހުގެ ސިނާއަތް އެއްކޮށްލައި، އައު އުފެއްދުންތައް ތައާރަފުކުރުމުގެ ފުރުސަތު އޮތް މިނިސްޓަރު ފާހަގަކުރެއްވި ކަމަށެވެ.
"މޭޑް އިން ސްރީ ލަންކާ" ގެ ލޭބަލް ޖަހާފައިވާ ބައެއް ތަކެތި ދުބާއީ މެދުވެރިކޮށް ރާއްޖެއަށް މިހާރުވެސް އެތެރެކުރެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު