ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ ދެކަނބަލުން އުމްރާއަށް ވަޑައިގަތީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ އަހަރު ވަނީ ހައްޖަށްވެސް ވަޑައިގެންފައެވެ. އަދި 2024 ވަނަ އަހަރު ރައީސް ދެކަނބަލުން ވަނީ އުމްރާއަށްވެސް ވަޑައިގެންފައެވެ.