ނޭޕާލްގެ މަޖިލީހުގެ ނައިބު ސްޕީކަރަކަށް އުމުރުން 26 އަހަރުގެ ރޫބީ ކުމާރީ ތާކޫރު އައްޔަންކޮށްފިއެވެ.

އުމުރުން އެންމެ 26 އަހަރުގެ ރޫބީ ކުމާރީ ތާކޫރު، ނޭޕާލްގެ މަޖިލީހުގެ ނައިބު ސްޕީކަރަކަށް ހޮވާފައިވަނީ އިއްޔެ ނެގި ވޯޓުގައެވެ.

ނޭޕާލްގެ ޝްރަމް ސަންސްކްރިތީ ޕާޓީން އެ ގައުމުގެ މަޖިލީހުގެ ނައިބު ސްޕީކަރަކަށް ކުރިމަތިލި ރޫބީއަށް 229 މެންބަރުންގެ ވޯޓު ލިބިފައިވެއެވެ. މަޖިލީހުގެ 275 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ 256 މެންބަރުންނެވެ.

ނޭޕާލްގެ މަޖިލީހުގައި އިއްޔެ ކުރިއަށްގެންދިޔަ ވޯޓުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވަނީ އެންމެ 22 މެމްބަރުންނެވެ.

ނޭޕާލްގެ މަޖިލީހުގެ ރައީސް އަދި ސްޕީކަރު ޕްރަސާދު އަރިޔަލް ވަނީ ރޫބީގެ ކާމިޔާބީ ރަސްމީކޮށް ފާހަގަކުރައްވައި މަރުހަބާ ދަންނަވައިފައެވެ.

ރޫބީ ވެފައިވަނީ ނޭޕާލްގެ ތާރީހުގައި އެ ގައުމުގެ ގާނޫނުހަދާ މަޖިލީހަކަށް އިންތިހާބުވީ އެންމެ ހަގު މެންބަރުގެ އިތުރުން އެންމެ ހަގު ޑެޕިއުޓީ ސްޕީކަރަށެވެ.