މާލޭގެ، އިމާރާތެއްގެ 10 ވަނަ ބުރިން ވެއްޓުނު ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 18:20 އެހާކަންހާއިރު، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

އެ މީހާ ވެއްޓިފައިވަނީ އިމާރާތުގެ 10 ވަނަ ބުރިންކަމަށް ފުލުހުން ބުންޏެވެ. ވެއްޓިފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.