މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމަށް ކިޔާ ނަން އިއުލާނުކޮށްފިއެވެ.
އިއްޔެ ނަހުލާ އިއުލާނުކުރި ގޮތުގައި އޭނާގެ އާ ފިލްމަށް ކިޔާނީ "މަޖުނޫން" އެވެ. މި ފިލްމަކީ ލޯބީގައި ދީވާނާ ވެ މޮޔަވެފައިވާ މީހެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ.
އަންނަ އޮކްޓޫބަރު މަހުގެ 26ގައި ނެރެން ހަމަޖައްސާފައިވާ މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން ހިތްވަރު ލިބިގެން އުފައްދާ ފިލްމެއް ކަމަށް ނަހުލާ ވަނީ ބުނެފައެވެ.
"ލަވް ކޭން ސޭވް ޔޫ.. އޯ ޑިސްޓްރޯއި ޔޫ." މި ސްލޯގަންއާއެކު ނެރޭ މި ފިލްމަކީވެސް ތަފާތު ޓްވިސްޓުތަކެއް ހިމެނޭ ފިލްމެއް ކަމަށް ނަހުލާ ބުނެއެވެ.
"މަޖުނޫން" އަކީ ނަހުލާ އަދި ޝިނާންގެ ޕްރޮޑަކްޝަން ހައުސް ކްރިސްޓަލް އެންޓަޓެއިންމެންޓުން ނެރޭ ފިލްމެކެވެ.
އަލީ ޔާމިން
ފާތިމަތު ނަހުލާ
ފާތިމަތު ނަހުލާ
ފާތިމަތު ނަހުލާ