ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ދިވެހި ފިލްމު "ސޮރީ" ގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ އިވެންޓެއް ބާއްވަން ހަމަޖައްސައިފިއެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ރޭ 9:00 ގައި އޮލިމްޕަސް ތިއޭޓަރުގައި ބާއްވަން ހަމަޖައްސާފައިވާ މި އިވެންޓަކީ އާންމުންނަށް ހިލޭ ވަދެވޭނެ އިވެންޓެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ވިދާޅުވެއެވެ.
ފިލްމު "ސޮރީ" އެޅުވުމުގެ ކުރީން އެ ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މި އިވެންޓުގައި ބިހައިންޑް ދަ ސީން (ފިލްމު މޭކިން ވީޑިއޯ) ސީރީޒް ރިލީޒް ކުރުމާއި، ތީމް ލަވަ ނެރުން އޮންނާނެ އެވެ. އަދި ކްރިސްޓަލް އެންޓަޓެއިންމަންޓުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމު "4426" ވެސް ހިލޭ ބަލައިލުމުގެ ފުރުސަތު މި އިވެންޓުގައި ކުރިއަށް ލިބޭނެކަމަށް ނަހުލާ ވިދާޅުވިއެވެ.
މި ފިލްމުގައި މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އެވެ. މީގެ އިތުރުން އީސާ ޝަރީފް، ޝީލާ ނަޖީބު، އަހުމަދު އީސާ، އަލީ ޝަމާލް، ވާސިޔާ މުހައްމަދު، އައިޝާ އަލީ އަދި މޫސާ އަލީފްގެ އިތުރުން ނަހުލާގެ ދަރިފުޅު ލަޔާލީ އަދި މާމަ ދަރިފުޅު އެވެލީ ވެސް ފިލްމުން ފެނިގެންދާނެއެވެ.
ފިލްމު ޓިކެޓް ހަލުވި ސްޕީޑުގައި ވިކެމުންދާއިރު މި ފިލްމު ދައްކަން ފަށަން ހަމަޖައްސާފައިވަނީ މިމަހު 17 ގައެވެ.
ދިވެހި ފިލްމު
ދިވެހި ފިލްމު
ދިވެހި ފިލްމު
ދިވެހި ފިލްމު