ފަތުރުވެރިކަމަށް ހާއްސަ ވެބިނާއެއް ބާއްވަން ވިޒިޓް މޯލްޑިވްސް އިން ނިންމައިފި އެވެ.
ވިސިޓްމޯލްޑިވްސް އިން ބުނީ މި ވެބިނާ ކުރިޔަށްގެންދަނީ އެކޯޕަރޭޝަނާއި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގުޅިގެން "ދި ކޮންފްލިކްޓް ޕްލޭބުކް ފޮ ޓްރެވެލް - އެޑެޕްޓް، ޕިވެޓް ލެޑް މޯލްޑިވްސް އެޑިޝަން" ގެ ނަމުގައެވެ.
މި ވެބިނާގައި އޭވިއޭޝަން، ޓޫރިޒަމް އިކޮނޮމިކްސް އަދި ކްރައިސިސް ކޮމިއުނިކޭޝަންގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، ޕްރެކްޓިކަލް، ޑޭޓާ ޑްރައިވިން ރެސްޕޮންސް ފްރޭމްވޯކެއް ފޯރުކޮށްދޭނެ ކަމަށް ވިސިޓް މޯލްޑިވްސް އިން ބުނެއެވެ.
މި ދިރާސާގައި ބައިވެރިވާ ފަރާތްތަކަށް މިހާރުގެ މާކެޓް ޑައިނަމިކްސް ރަނގަޅަށް ދެނެގަނެ، ޑިމާންޑް ހަމަޔަކަށް އެޅުވުމަށާއި، ޕިވޮޓް ސްޓްރެޓެޖީތައް ހަރުދަނާކޮށް، ވަރުގަދަ ޑެސްޓިނޭޝަން ޕޮޒިޝަނެއް ދެމެހެއްޓުމަށް މަސައްކަތް ކުރާނެކަމަށްވެސް ވިސިޓްމޯލްޑިވްސް ބުނެއެވެ.
މެދުއިރުމަތީގެ ގައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ފާތިމަތު ލިއުޝާ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން