މަގުމަތީގައި ހަބަރު ހުސްވެފައި އޮއްވައި ފެނުނު މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުން ރޭ ބުނީ އިއްޔެ 18:18 އެހާކަންހާއިރު ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ހަބަރު ހުސްވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިރޭ ބުނީ އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި އެއީ އިންޑިއައަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް