ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ރައީސް ވިދާޅުވީ، ސިއްހީ ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންޓިފިކް އެއްބާރުލުން މުހިންމު ކަމަށާއި އެ ދާއިރާގެ ސިޔާސަތުތަކާއި ފިޔަވަޅުތަކަކީ ސާބިތުވެފައިވާ ސައިންސްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ހެދުމަށްޓަކައި، ސިއްހީދި ރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ، "ވަން ހެލްތު" ސިޔާސަތުގެ އަސާސަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތައް ކަމުގައި ވާންޖެހޭ ކަމަށާއި "ވަން ހެލްތު" އަކީ އިންސާނުންނާއި ޖަނަވާރުންނާއި ތިމާވެށީގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށް ދެކިގެން މަސައްކަތް ކުރާ ސިޔާސަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދޭ ކަމަށެވެ.
މީގެ އިތުރުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އުފެދުނު މުނާސަބަތާ ގުޅުވައިގެން، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު