އަނގައން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގުމަތިން ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 18:18 އެހާކަންހާއިރު ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ މިހާރުވަނީ އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ.