ހަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ކުރުކޮށްފިއެވެ.
މިފްކޯގެ ސީނިއާ މެނޭޖާ، ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ "ވަން" އަށް މިރޭ ވިދާޅުވީ މިފްކޯގެ ހެޑް އޮފީހާއި، އިދާރީ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި މެންދުރު 2:00 ޖެހުމާ ހަމައަށް ކުރުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
ޝިފްޒާ ވިދާޅުވީ މަސައްކަތު ގަޑި މަދުކުރި ނަމަވެސް މުވައްޒަފުންގެ އިތުރު ވަގުތުގެ މުސާރައަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު ގަޑީގެ މަސައްކަތް ކުރެވޭނީ، ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކުރަންޖެހިގެން ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައިވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި ނަމަވެސް އެ ފިޔަވަޅުތަކުގެ ސަބަބުން މިފްކޯގެ އޮޕަރޭޝަންސް ކެޕޭސިޓީއަށް ބުރުލެއް ނާރާނެކަމަށް ޝިފްޒާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ
ރަނގަޅު ކަމެއް.
ނުރަބޯ - 3 މަސް ކުރިން