އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިރާނަށް އިންޒާރުދެއްވައި ހޮރުމޯޒް ކަނޑުއޮޅި ހުޅުވުމަށް ދެދުވަހުގެ މުއްދަތެއް ދީފިއެވެ.
ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އިރާނުން ދެދުވަސް ތެރޭ ޖެހޭނީ ޑީލެއް ހަދަށް ކަމަށާއި ނުވަތަ ހޮރުމޯޒް ކަނޑުއޮޅި ހުޅުވަން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާއިރު އިރާނުން އެގައުމުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ ވައިގެ ސިފައިންގެ އެފް-15 މަރުކާގެ ޖެޓު ވައްޓާލި ހާދިސާއަށްފަހު އެމެރިކާ ސިފައިން ދަނީ އެޖެޓުން ދަތުރުކުރި ޕައިލެޓުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
އިރާނުން ވަނީ އެފް-15 މަރުކާގެ ޖެޓެއްގެ އިތުރުން އެމެރިކާގެ ހަނގުރާމަމަތީ އޭ-10 މަރުކާގެ ފްލައިޓެއްވެސް ވައްޓާލާފައެވެ.
ޓްރަމްޕް މީގެ ކުރިން ވެސް ހޮރުމޯޒް ހުޅުވަން އީރާނަށް 10 ދުވަހުގެ މުއްދަތެއް އިރާނަށް ދީފައެވެ. ޓްރަމްޕް ވަނީ 10 ދުވަހުގެ މުއްދަތު ހަމަވާއިރު ނުހުޅުވައިފި ނަމަ އިރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް އިންޒާރުދީފައެވެ.
ޓްރަމްޕް ދެއްވި މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާއިރު މުއްދަތު ހަމަވުމާއެކު އިރާނަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ތީބޮޑުމޮޔައެއް ހިފާ ހައްޔަރު ކުރަންޖެހެނީ.
ހަސޭން - 3 މަސް ކުރިން