ވޯޓުލުމުގެ ހައްގު ވޯޓު ލެވޭ ކޮންމެ ރައްޔިތަކުވެސް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް އެ ގޮތަށް އިލްތިމާސްކުރެއްވީ، މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ ވޯޓުގައި މިއަދު ވޯޓު ލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި ކުރު އިންޓަވިޔުއެއްގައެވެ.
އެ މަނިކުފާނު ވޯޓު ލެއްވީ މާފަންނު ދެކެނު ދާއިރާގެ މީހުން ވޯޓްލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށެވެ. މިވޯޓު ފޮށި ބެހެއްޓިފައިވަނީ ތާޖުއްދީން ސުކޫލުގައިއެވެ.
ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ގާނޫނީ ހައްގަކަށްވާއިރު އެ ހައްގު ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އަސާސީ ގާނޫނީ ހައްގެކޭ ވޯޓުލުމަކީ. އެހެންވީމާ ރައްޔިތުން ގާނޫނީ ހައްގު އަދާކުރެއްވުމަށް މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން" ރައީސް ވިދާޅުވިއެވެ.
ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު