އުސްފަސްގަނޑުގައި ހެދި ސްކޭޓް ޕާކް އެރީނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އުސްފަނގަނޑުގައި މިއަދު ސްކޭޓް ޕާކް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސާއި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބުދުﷲ ރާފިއުއެވެ.
ސްކޭޓް ޕާކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލައިފައެވެ. ރައީސްގެ ދެކަނބަލުން ވަނީ އެ ކުދިންނާއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާކް ބައްލަވައިލައްވައިފައެވެ.
ސްކޭޓް ޕާކްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތް ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ސީއެސްއާރުގެ ދަށުންނެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު