ތިން މިލިއަން އޮފިޝަލުންނާއެކު އިންޑިއާގައި ބޯހިމެނުން ފަށައިފިއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަަމަށްވާ އިންޑިއާގައި ބޯހިމެނުން މިއަދު ފަށާފައިވާއިރު އެއް އަހަރު ދުވަހުގެ ތެރޭގައި ބޯހިމެނުމުގެ މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

ތިން މިލިއަނަށް ވުރެން ގިނަ އޮފިޝަލުން މިއަދު ފަށާ ބޯހިމެނުގެ މައުލޫމާތު އެއްކުރުމަށް ހަރަކާތްތެރިވާނެ ކަމަށް އެގައުމުގެ ސެންސަސް ކޮމިޝަނުން ބުނެއެވެ.

ކޮންމެ 10 އަހަރަކުން ބާއްވަމުން އަންނަ ބޯހިމެނުމުގެ ޕްރޮގްރާމް އިންޑިއާގައި ކޮވިޑްގެ ސަބަބުން 2021 ވަނަ އަހަރު މެދުކެނޑުމަށްފަހު މިއަހަރު އަލުން ވަނީ ފަށާފައެވެ.

އޮފިޝަލުން ވަނީ މިއަދު ފަށާ ބޯހިމެނުމުގެ މަރުހަލާގައި އެގައުމުގެ ރައްޔިތުންގެ ތެރެއިން އޮންލައިންކޮށް ބޯހިމެނުމުގައި މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބޭނެއެވެ.

އޮފިޝަލުން ވަނީ އޮންލައިން މަރުހަލާއަށްފަހު ދެން ކުރިޔަށް ދާނީ ގޭގެއަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރުމެވެ. އޮފިޝަލުން ވަނީ އެމަސައްކަތް ވެސް ދެބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދާނެ ކަމަށް ބުނެފައެވެ.

1.4 ބިލިއަނަށް ވުރެން އާބާދީ ބޮޑު އިންޑިއާގެ އާބާދީ ވަނީ 2023 ވަނަ އަހަރު ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެެއްވަނައިގައި ހިމެނިފައެވެ.