ނުފިލާ ހުންނަ ގިނަ ދުވަސްވީ ތަދުތަކަށް ހާއްސަ "ޕެއިން މެނޭޖްމަންޓް ކްލިނިކް"އެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ކްލިނިކް ހުންނާނީ ހޮސްޕިޓަލުގެ އަށްވަނަ ފަންގިފިލާގައި ކަމަށެވެ. ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 18:00 އަށް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕުން ބުނީ ކްލިނިކްގައި އިސްކޮށް ހަރަކާތްތެރިވަނީ އިންޓަވެންޝަނަލް ޕެއިން މެނޭޖްމަންޓްގެ ދާއިރާއިން އެޑްވާންސް ޓްރެއިނިން ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިސްޓް އެނެސްތެޓިސްޓުންގެ ޓީމެއް ކަމަށްވާ ޑރ. ފިއުނާ އާއި ޑރ. ބިޝްނޫ ކަމަށެވެ.
އެ ކްލިނިކް ހުޅުވުމުގެ ސަބަބުން ދުވަސްވީ ދަތުތަކަށް ފަރުވާ ހޯދާ މީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ލިބިގެންދާނެކަމަށް ޓްރީ ޓޮޕުން ބުންޏެވެ. ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ ސްޕެޝަލިސްޓުންގެ އެހީގައި ފުރިހަމަ ފަރުވާ ޕްލޭނެއް ބަލިމީހުންނަށް އެކުލަވާލެވޭނެކަމަށްވެސް ޓްރީ ޓޮޕުން ބުންޏެވެ.
ޕެއިން މެނޭޖްމަންޓް ކްލިނިކުން ފަރުވާކުރާ ދުވަސްވީ ތަދުތައް:
- ދިގު މުއްދަތަކަށް ފުރަގަސް ފަރާތަށް ތަދުވުން، ސިއެޓިކާ ނުވަތަ ސްޕައިނަލް މައްސަލަތައް (ހާނިއޭޓެޑް ޑިސްކް، ސްޕައިނަލް ސްޓެނޯސިސް، ލުމްބާ ރެޑިކިއުލޮޕަތީ)
- ކަކުލު، ކޮނޑުގެ އޮސްޓިއޯ އާތުރައިޓިސް
- މަޔޯފެޝިއަލް ޕެއިން، އޮކިއުޕޭޝަނަލް އިންޖަރީ، ނުވަތަ ކުޅިވަރާ ގުޅުން ހުރި މަސްކިއުލޯސްކެލެޓަލް ކޮންޑިޝަންސް
- ޕޮސްޓްހާޕެޓިކް ނިއުރަލްޖިއާ ނުވަތަ ޓްރައިޖެމިނަލް ނިއުރަލްޖިއާ ފަދަ ނިއުރޯޕަތިކް ތަދުތައް
- ސާވިކަލް ޑިސްޓޯނިއާ ނުވަތަ ސްޕާސްޓިކް ޑިސްއޯޑާ
- ޕެލްވިކް، ޓެއިލްބޯން ނުވަތަ ކޮމްޕްލެކްސް ރީޖަނަލް ޕެއިން ސިންޑްރޯމް (ސީއާރްޕީއެސް)
- ކެންސަރާ ގުޅުން ހުރި ވޭން ނުވަތަ އެޑްވާންސްޑް ޑިޒީޒްއިން އުފެދޭ ތަދު
- ތޮޕީޑިކްސް، ނިއުރޮލޮޖީ، އޮންކޮލޮޖީ، ރޫމަޓޮލޮޖީ ނުވަތަ ޕްރައިމަރީ ކެއާއިން ރިފާކުރާ ބަލިމީހުން
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް