އިންތިހާބާ ދިމާކޮށް ސަރުކާރުން މީހުން ނުނަގާ ކަމަށާއި މީހުން ނަގަނީ މަޝްރޫއުތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އިންތިހާބާ ދިމާކޮށް މީހުން ނުނަގާ ކަމަށާއި މީހުން ނަގަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށާއި އެގޮތުން އެމްޓީސީސީ ފަދަ ކުންފުނިތަކަށް މުވައްޒަފުން ނަގަނީ، މީގެ ކުރީގައި އިއުލާނު ކުރެވިފައިވާ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.
މުވައްޒަފުން ނަގާ ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ތަފާތު މަރުހަލާތަކުގައި އެތައް މަޝްރޫއެއް ކުރިއަށްދާ ކަމަށާއި އެ މަޝްރޫއުތަކަށް މީހުން ނަގާނެ ކަމަށެވެ.
"އެހެންވީމާ އިންތިހާބާ ދިމާކޮށް ގޮސް ކަޑަ ޖަހާ އުސޫލުން މީހުނެއް ނުނަގާނެ. ސިމިލާރިޓީ ހުއްޓަސް. ޑީޓެއިލްކޮށް ބައްލަވާލެއްވީމަ ސާފުވާނެ މީގެން ކޮންމެ މަޝްރޫއަކީވެސް ކޮންއިރަކު ކޮން ގޮތަކަށް ނަގާ މުވައްޒަފުންތޯ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަޔާ ގުޅިގެން ރާއްޖޭގެ މަޝްރޫއުތައް ކުރިއަށްގެންދަން ދަތިވާ ހިސާބުން ސަރުކާރުން އިސްކަން ދޭނީ ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެކަނި ކަމަށެވެ.
ރައީސް ވިދާޅުވީ، އެ ހާލަތުގައި މަޑުޖައްސާލިނަމަވެސް މަޑުޖައްސާލާނީ ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ މަޝްރޫއުތައް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު