ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަން އަކަށް ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް، ފަޒްނާ ޖަލީލް ހަމަޖައްސައިފިއެވެ.
މިއަހަރުގެ ކޮމަންވެލްތު ގޭމްސް ސްކޮޓްލެންޑްގެ ގްލާސްގޯގައި އޮންނާނީ ޖުލައި 23 އިން އޮގަސްޓް ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ގްލާސްގޯގައި ދާދި ފަހުން ކުރިއަށްދިޔަ، ކޮމަންވެލްތު ގޭމްސްގެ ސެމިނާގައި ފަޒްނާގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު 2019 ވަނަ އަހަރު ފެށިގެން ފުރުއްވަމުން އަންނަ ފަޒްނާއަކީ 2023 ވަނަ އަހަރުން ފެށިގެން އޭޝިއަން ނެޓްބޯޅަ ފެޑެރޭޝަނުގެ ނައިބު ރައީސެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ފަޒްނާއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރެއްވެސް މެއެވެ. އޭގެ އިތުރުން އޭނާ ވަނީ، 2021 އިން 2024 އަށް ދެކުނު އޭޝިއާގެ ނެޓްބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމު ފުރުއްވައިފައެވެ.
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް