ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ކުރީގެ މެންބަރު އަހުމަދު ސޯލިހު އަލިދީދީ އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 92 އަހަރުގައި އަހުމަދު ސޯލިހު އަވަހާރަވީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި މިއަދުގެ ވަގުތެއްގައެވެ.
އަހުމަދު ސޯލިހު ވަނީ އައްޑު އަތޮޅުގެ މަޖިލިސް މެންބަރުކަމާއި އެ އަތޮޅުގެ އަތޮޅުވެރިޔާކަމުގެ މަގާމު އަދާކުރައްވައި، އައްޑޫއަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އަދި އަހުމަދު ސޯލިހު ވަނީ 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރައްވައިފައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހުމަދު ސޯލިހު އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ރައްޔިތުންނަށާއި އެ އާއިލާއަށް ނުހަނު އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
އަހުމަދު ސޯލިހުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާ ނަމާދަށްފަހު އައްޑޫ ހިތަދޫ މަސްތިދުލް ތަގުވާ (ހުސައިން މޫސާ މިސްކިތް) ގައެވެ.
އަލީ ރިފްޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު