މި ސަރުކާރުން އިންތިޚާބާ ދިމާކޮށް ކަންކަމެއް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ އިންތިހާބެއް އޮވެގެން ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް އަދި 50 އެއްހާ ރަށަށް ދެ ފަހަރު ވަޑައިގަތީވެސް އިންތިހާބެއް އޮވެގެން ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، އިންތިހާބާ ގުޅިގެން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑަކީ އިންތިހާބަކާ ގުޅިގެން ކަމެއް ކުރާ މީހެއް ނޫން. އަޅުގަނޑު ގޮއްސިންތޯ އިންތިހާބަކާ ގުޅިގެން އެއްވެސް ރަށަކަށް ކެމްޕެއިނަށް. އެހެންވީމާ އިންތިހާބާ ގުޅިގެން މި ސަރުކާރުން ނުކުރާނެ އެއްވެސް ކަމެއް. އަބަދު އިންތިހާބާ ގުޅިގެންނޭ ކިޔާފަ ވާހަކަ ދައްކަވާ ބޭފުޅުންނަކީ އަބަދު އެކަން ކުރެއްވި ބޭފުޅުންވީމާ ވިދާޅުވެވެނީ ކަމަށް ވެދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު މަސައްކަތްކުރައްވަނީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކުންފުނިތަކާ ހަވާލުކުރެވިފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ނަގާ މުވައްޒަފުން ނަގާނެ ކަމަށާއި ނަމަވެސް އެއީ، އިންތިހާބަކާ ގުޅިގެން ކުރާ ކަމެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު