މަޝްހޫރު ޓީވީ ސިލްސިލާ "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ސްޕިން-އޮފް ޝޯއެއް އުފައްދަން އުޅޭކަމަށް ދެކެވޭ ވާހަކަތައް، އެ ޝޯގެ ތަރި ސްމްރިތީ އިރާނީ ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދާދިފަހުން ފެތުރުނު އަޑުތަކުގައި ބުނެފައިވަނީ، "ކިޔުކީ ރިޝްތޯން ކޭ ބީ ރޫޕް ބަދަލްތޭ ހޭ" ގެ ނަމުގައި އާ ޝޯއެއް އުފައްދަން އުޅޭ ކަމަށެވެ. އަދި މި ޝޯ ބިނާކޮށްފައި އޮންނާނީ ޒުވާން ޖީލުގެ ކެރެކްޓަރުން ކަމަށްވާ ވްރިންދާ އާއި އަންގަދްގެ މައްޗަށް ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިންސްޓަގްރާމްގައި ކުރި ކޮމެންޓެއްގައި ސްމްރިތީ ބުނީ، "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" ފިޔަވައި އެހެން އެއްވެސް ޝޯއަކާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ. އޭނާގެ ނަމާއި ތަސްވީރު ބޭނުންކުރުމުގެ ޤާނޫނީ ހުއްދަ އެއްވެސް ސްޕިން-އޮފް ޕްރޮގްރާމަކަށް ދީފައި ނުވާނެ ކަމަށް ބުނެ، މިކަމާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ކަށަވަރުކުރުމަށް އޭނާ ވަނީ އެދިފައެވެ. މީގެ އިތުރުން، ބެލުންތެރިންނަށް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
އެކްތާ ކަޕޫރު އުފެއްދި "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" އަކީ 2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ދެއްކި، އިންޑިއާގެ ޓީވީ ތާރީހުގައި އެންމެ ކާމިޔާބު އެއް ޝޯއެވެ. މި ޝޯގައި ސްމްރިތީ ކުޅުނު "ތުލްސީ ވިރާނީ" ގެ ރޯލު، ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދިއެވެ. ގިނަ އަހަރުތަކަކަށްފަހު، 2025 ވަނަ އަހަރުގެ ޖުލައި މަހު މި ޝޯގެ ދެވަނަ ސީޒަނެއް ވަނީ ފަށާފައެވެ. މި ސީޒަނުގައިވެސް ސްމްރިތީ ވަނީ އޭނާގެ މަޝްހޫރު ރޯލުން އަލުން ފެނިގެންގޮސްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް