މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން މިއަދުކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ ކޮމްޕެލްކްސްއިންނާއި، އެ ކުންފުނީގެ ބޯޓު ފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 27.24 ރުފިޔާއަށް ކަމަށެވެ. އަދި އާއްމު ފަރާތްތަކަށް ޑީސަލް ތެޔޮ ލީޓަރެއް ވިއްކާނީ 28.54 ރުފިޔާއަށް ކަމަށެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވައިގެ ހަމަލާގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ކުރިއަށް އޮތް ތަނުގައިވެސް މައްޗަށް ދާނެކަމަށް ގިނަބަޔަކު ވަނީ ލަފާކޮށްފައެވެ.