ސްކޭމެއް ހިންގައިގެން، މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް، ދެލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތ. މަޑިފުށި ޖަވާހިރުވާދީ އަހްމަދު އާދަމަށް ތުހުމަތު ކުރެވެނީ ގިނަ ބަޔަކު ބައިވެރިވެގެން މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް 270،000 އަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއްގައި ކަމަށެވެ.
މި ފައިސާގެ ތެރެއިން ފަންސަވީސްހާސް ރުފިޔާ މީނާގެ އެކައުންޓަށް ޖަމާވެފައިވާކަމަށާއ،ި އެފައިސާ މީނާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީނާ ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ހުށަހެޅުމުން، އިއްޔެއިން ފެށިގެން އިތުރު 15 ދުވަހު އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް