މިއަހަރުގެ މިހާތަނަށް ލޯނާއި އިންޓްރެސްޓްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައްކާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ލޯނުތަކަށް ވަނީ 636 މިލިއަން ރުފިޔާ ދައްކައިފައެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި 412 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.
މިއަހަރަކީ ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އަހަރެކެވެ. އެގޮތުން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ އަންނަ މަހު ސުކޫކަށެވެ. އެއީ 600 މިލިއަން ޑޮލަރެވެ.
މި މަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑު ސުކޫކު އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އަނބުރާ ދައްކަންޖެހޭއިރު އެކަމަށް މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށް ދަރަނި ނަގާފައިވާ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވެފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު