ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ، ކަނޑުމަގުން އެތެރެކުރަން އުޅުނު މި ތަކެތި އަތުލައިގަތީ، މިމަހުގެ ފަސް ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަމަށެވެ.

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން މަސައްކަތްކޮށްފައިވަނީ 99،000 ސިނގިރޭޓް ސްޓިކްސް ކަމަށްވެސް ބުނެފައިވެއެވެ.