އެމެރިކާއާއި އިޒްރޭލު އިސްވެ އޮވެ އިރާނަށް ހަމަލާ ދިނުމުން ފެށިފައިވާ ހަނގުރާމައާ ގުޅިގެން އަރަބި އިސްލާމީ ގައުމުތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރޭގެ ވަގުތެއްގައި ޔޫއޭއީގެ ރައީސްއާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި މިއަދު ސައުދި އަރަބިއްޔާ، ބަހުރެއިން، އޮމާން އަދި ގަތަރުގެ ވެރިންނާއެކު ފޯނު ކޯލު ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ކޯލުތަކުގައި ރާއްޖޭގެ ސަޕޯޓު އެ ގައުމުތަކަށް އޮތްކަން ހާމަކުރައްވަމުން ގެންދަވާ ކަމަށެވެ.
"އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކާއި އަދި މީހުން ވެސް މަރުވަމުންދޭ އެބަ، އެކަމުގައި ދިވެހި ރައްޔިތުން އެ ބޭފުޅުންނާ އެކުގައި ތިބި ކަން ދަންނަވާފައިވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ހަނގުރާމައިގައި ތިން ފަރާތުންވެސް ދޭ ހަމަލާތައް ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ. އެހެންކަމުން ރާއްޖޭން ނެރުނު ބަޔާނުގައިވެސް ހަމަލާތައް ހުއްޓާލަން ގޮވާލާފައިވާނެ ކަމަށެވެ. ރާއްޖޭން އޮތީ އިސްލާމީ ގައުމުތަކާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު