މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި، ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ފޯމު ހުށަހެޅުމުގެ އާ ސުންގަޑިއަކީ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ، ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 4 ވަނަ ދުވަހަށް ހަމަވާނެއެވެ. އަދި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޮތީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށެވެ.
ނަމަވެސް މިހާރު ދެ ބަޔަށްވެސް އޭޕްރީލް މަހުގެ ނިޔަލަށް ފުރުސަތު ލިބޭނެއެވެ.
ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ފެށި މި މަޝްރޫއުގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓް މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައިވާ އިރު، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައިނުވާ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި 5،067 މީހުން ވަނީ މި ސްކީމަށް ފޯމު ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 3،434 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 1،633 މީހުންނެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ