އުމުރުން 12 އަހަރުގެ އަންހެން ދޮންދަރިއާ ބެހުނު ދޮން ބައްޕަ، 15 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުން ބަދަލެއް ނުކުރިއެވެ.
މި މައްސަލައަކީ 12 އަހަރުގެ ދޮންދަރި ސްކޫލަށް ގެންގޮސް ގެނެސްދީ ހަދާއިރުގަ އާއި ސައިކަލްބުރު ޖަހަން ގެންދާއިރު އާއި ގޭތެރޭގައި ވެސް، އެ ކުއްޖާއާ ތަކުރާރުކޮށް ޖިންސީ އަމަލު ހިންގާފައިވާތީ ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އެމީހާގެ މައްޗަށް ކޮށްފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާގައި ދޮން ބައްޕަގެ މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓަށާއި ކުއްޖާގެ ނަފްސާނީ ސައިކޮލޮޖިކަލް ރިޕޯޓުން ކުއްޖާއާ މެދު ޖިންސީ ގޯނާއެއް ނުވަތަ އަނިޔާއެއް ލިބިފައިވާކަން އެނގެން އޮންނާތީ، އޭނާގެ މައްޗަށްކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދަށުކޯޓުން ދޮންބައްޕަގެ މައްޗަށް ހުކުމް ކޮށްފައިވަނީ، 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.
ނަމަވެސް މި މައްސަލައިގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ގޯސްކޮށް ކަމަށް ބުނެ، އެ ހުކުމް ބާތިލްކޮށް ދިނުމަށް އެދި ދޮން ބައްޕަގެ ފަރާތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު އިއްޔެ ހުކުމްކުރީ، އޭނާ ހުށަހަޅާފައިވާ އިސްތިއުނާފީނުކުތާތަކަށް ބަލާއިރު ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު