ޕެސިފިކް ކަނޑުން ދަތުރުކުރި ބޯޓަކަށް އެމެރިކާއިން ހަމަލާދީފިއެވެ.

އެމެރިކާގެ މިލިޓަރީ އިން ވަނީ ޕެސިފިކް ކަނޑުގެ އިރުން ދަތުރު ކުރި ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށާއި އެބޯޓުން ދިޔައީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަަަހައްދުގައި ޑްރަގް ޓްރެފިކް ކުރަމުން ކަމަށް ބުނެފައެވެ.

އެމެރިކާއިން ދިން ހަމަލާގައި އެބޯޓުން ދަތުރުކުރި ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ލެޓިން އެމެރިކާ އާއި ކެރީބިއަން ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާ މިލިޓަރީގެ ޔޫއެސް ސަދަން ކޮމާންޑުން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަން އަކީ އެސަރަހައްދުގެ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ޑްރަގް ޓެރެފިކް ކުރާ ގުރޫޕުތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ވޮޝިންޓަނުން ބުނެއެވެ.

ބޯޓުން ދަތުރުކުރި ތިން މީހުން މަރާލާފައިވީ ނަމަވެސް އެމެރިކާއިން އެމީހުންގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރްމްޕުގެ ސަރުކާރުން އިސްވެ ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގެ ސަރަހައްދުގައި މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި 148 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.